The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ބޭރުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް މުރާޖަޢާ ކުރަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް (މަހުން މަހަށް ދޭ އެލަވަންސް) މުރާޖަޢާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ ”ތަރުޖަމާނު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސްޓައިޕެންޑް ރޭޓުތައް މުރާޖަޢާ ކުރަން މި ފެށީ ގާތްގަނޑަކަށް 7 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. މި މަސައްކަތް ފަށާފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާތީ، ދަރިވަރުންނަށް މިހާރު ދެވޭ އަދަދުން ދެކޮޅު ނުޖެހޭތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު އޮތް އުސޫލުގެ ދަށުން ފައިސާ ދޫކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ދެ މަސް ކުރިން ވުޒާރާއިން ފަށާ ކަމަށެވެ. އަދި ގިނަ ދަރިވަރުންނަށް (ގާތްގަނޑަކަށް 75 އިންސައްތަ ކުދިންނަށް) ގަޑިއަށް ފައިސާ ލިބޭ ކަމަށާއި، ފައިސާ ލިބުން ލަސްވަނީ ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ދުރާލާ ލިޔުންތައް ޙިއްސާކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، 50 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން އުޅޭ ޤައުމުތަކަށް މިހާރުވެސް ޚާއްޞަ ހޮޓްލައިން ނަންބަރުތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، 25 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން އުޅޭ ޤައުމުތަކަށްވެސް 24 ގަޑިއިރު ގުޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ބަދަލުތަކާއެކު، ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ ޤައުމެއްގެ ދިރިއުޅުމުގެ ޚަރަދާ އެކަށޭނެ މިންވަރަކަށް ފައިސާ ލިބި، ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އުންމީދު ކުރެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް މުއިއްޒުއަށް ލިބޭނީ 20 ޕަސެންޓް: ރައީސް ނަޝީދު
މާލޭ ގެއެއްގައި ދެ ލޯބިވެރިންގެ ދެމެދު މާރާމާރީއެއް ހިނގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން 10،800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދެނީ!
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިސްޓުން އުނިވާ މީހުންނަށް އެކަން އަންގަން ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?