The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކަށް ފޮނުވުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.

މި އެމްބިއުލާންސްތައް އެދިފައިވާ ރަށްތަކާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށްފަހު ފެއްޓެވި މުހިންމު މަސައްކަތެކެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، ރަށްރަށުގެ ސިއްޙީ ނިޒާމުގައި ހުރި އެންމެ ބޮޑު އެއް ޝަކުވާއަކީ އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ނުލިބުމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން، މި މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ގެނައި 56 އެމްބިއުލާންސް މިހާރު ވަނީ މާލެ ގެނެސް، އެ ރަށްތަކާ އޭގެ ތަޅުދަނޑި ހަވާލުކޮށްފައެވެ. އެމްޕީއެލްއިން ވިދާޅުވީ، މި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން ހުރިހާ އެމްބިއުލާންސްތަކެއް ރަށްރަށަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ޖުމްލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ތިން ބުރަކަށް ބަހާލައިގެން ހުރިހާ އެމްބިއުލާންސްތަކެއް މި މަހުގެ ތެރޭގައި ވަނީ ރާއްޖެ ގެނެސްފައެވެ.

މީގެ އިތުރުން، ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް އައު އެމްބިއުލާންސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރޭޓަރ މާލޭ ސަރަހައްދާއި އެހެނިހެން ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ޚިދުމަތް ފެށުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ގިނަ ދާއިރާތަކަކުން ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިއްޖެ
މިރޭ މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށަނީ
މޯލްޑިވިއަނުން ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކޮށްފި
މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ: ރައީސް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?