The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމުލަ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، ނިމިދިޔަ 2025 ވަނަ އަހަރުގެ ދައުލަތުގެ އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިޔަން ރުފިޔާއިން ދަށްވެފައެވެ. މިއީ މާލީ ނިޒާމަށް ގެނެވުނު ހަރުދަނާ ބަދަލުތަކުގެ ނަތީޖާއެއްކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 39.6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 35.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ބަޖެޓުގައި އަންދާޒާކުރި ވަރަށްވުރެ 2.0 ބިލިޔަން ރުފިޔާ އިތުރުވެފައެވެ.

ޚާއްޞަގޮތެއްގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި 29.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި އެކަނިވެސް 11.0 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 24.0 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ މަދުން (415.2 މިލިޔަން ރުފިޔާ) ލިބުނު ނަމަވެސް، ޓެކުހުގެ އާމްދަނީ އިތުރުވުމަކީ ޑެފިސިޓް ކުޑަކުރުމަށް ލިބުނު ބޮޑު ބާރެކެވެ. އެގޮތުން 2024 ވަނަ އަހަރު 13.1 ބިލިޔަން ރުފިޔާގައި ހުރި އޯވަރޯލް ޑެފިސިޓް، 2025 ވަނަ އަހަރު ވަނީ 3.5 ބިލިޔަން ރުފިޔާއަށް ތިރިކުރެވިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މާލީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ”ޕްރައިމަރީ ބެލެންސް“ ސަރޕްލަސްއަކަށް ބަދަލުވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. 2024 ވަނަ އަހަރު 8.4 ބިލިޔަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ.

މި ހެޔޮ ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، އާމްދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ނަތީޖާއެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ 60 ޕަސެންޓް މަސައްކަތް ނިންމާލައިފި
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި
ކަނޑުމަތިން މަރުވެފައިއޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް ވިއްކާލަނީ!
ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯ މުވައްޒަފު އަދިވެސް އޮތީ ވެންޓިލޭޓަރުގައި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?