The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މިފްކޯއިން ރަސްމީކޮށް ބޮޑުކަންނެލި ގަންނަން ފަށައިފި: 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރާނެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝެރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއިން މަތީގެ ކަންނެލި ރަސްމީކޮށް ގަންނަން ފަށައިފިއެވެ.

މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މިހާރު ވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައެވެ. މި ސައިޒުގެ ކަންނެލި ކިލޯއެއް ގަތުމަށް ކަނޑައަޅާފައިވަނީ 20 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަމުންދާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. މި ޚިދުމަތް ކޫއްޑޫ، އައްޑޫ، ފުވައްމުލައް، ގައްދޫ އަދި ތިނަދޫގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުތަކުން ލިބޭނެއެވެ.

މިފްކޯއިން ވިދާޅުވީ ސަރުކާރުގެ ވައުދާ އެއްގޮތަށް، އެ ކުންފުންޏަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާނެ ކަމަށެވެ. ކަންނެލި މަސްވެރިންނަށް މީގެ ކުރިން ދިމާވި އެންމެ ބޮޑު އެއް ދަތިކަމަކީ މިފްކޯއަށް ބޮޑުކަންނެލި ނުކިރުމެވެ. މީގެ ކުރިން ބޮޑުކަންނެލި ގަންނަމުން ދިޔައީ އަމިއްލަ ކުންފުނިތަކުން ކަމަށްވާއިރު، ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް މިފްކޯއިން ކަންނެލި ގަންނަން ފެށުމާއެކު މި ހުރިހާ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކަނޑުއޮތްގިރި ފެސިލިޓީއަކީ މީގެ ކުރިން މިފްކޯގެ ލައިފްސްޓައިލް ޕްރޮޑަކްޓްތަކާއި ލޮއިންސް ޕްރޮޑަކްޝަންގެ މައި ހަބެވެ. މިހާރު އެރަށަށް ކަޅުބިލަމަސްވެސް ގަންނަން ފަށާފައިވާއިރު، ހުޅުމާލޭގައި 25,000 އަކަފޫޓުގެ ބިމެއްގައި ބޮޑުކަންނެލި ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މި ފެސިލިޓީއަށް ބޭނުންވާ ފަންޑިންގ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އިން ހަމަޖެހިފައިވާއިރު، މި މަހުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި
ކިޔަވާނިމޭއިރު ބަލިކަށި ބިންގަލެއް އޮތްނަމަ ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ: ރައީސް
ކޫއްޑޫ އާއި ކާޑެއްދޫއަށް ވައިގެ މަގުން ގުޅާލައިފި
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ޝަންގްރިއްލާ އަލުން ހުޅުވައިފި
2000 އަށްވުރެ ގިނަ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?