The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ މަޖިލިސް އުވާލައްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 މަސް ago
SHARE

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ސަނައޭ ޓަކައިޗީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ލޯވަރ ހައުސް) އުވާލައްވައި، އަންނަ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހު އަވަސް އިންތިޚާބެއް ބޭއްވުމަށް ނިންމަވައިފިއެވެ. މި ނިންމެވުން އައިސްފައިވަނީ އެކަމަނާ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވީ، ބޮޑުވަޒީރުގެ މަގާމުގައި އެކަމަނާ ދެމިހުންނަވާނެތޯ ނުވަތަ ނޫންތޯ ނިންމާނީ މިހާރު ވޯޓުލާ ރައްޔިތުން ކަމަށެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ދަނޑިވަޅުގައި މަޖިލިސް އުވާލެއްވުމުގެ މައިގަނޑު ބޭނުމަކީ އެކަމަނާގެ މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ކަށަވަރު ކުރެއްވުމެވެ.

”އިގްތިސާދީ އިސްލާހުތައް ގެނައުމަށާއި، ދިފާއީ ސިޔާސަތުތަކަށް ބަދަލުތައް ގެނައުމުގެ އިތުރުން، އިމިގްރޭޝަން ގާނޫނުތައް ހަރުދަނާ ކުރުމަށްޓަކައި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވޭ،“ ބޮޑުވަޒީރު ވިދާޅުވިއެވެ.

ސިޔާސީ މަސްރަހަށް ބަލާއިރު، ޓަކައިޗީ ވަނީ ދާދިފަހުން އެކަމަނާގެ ޒަމާންވީ ކޯލިޝަން ބައިވެރިޔާ ”ކޮމެއިޓޯ“ އާ ވަކިވެވަޑައިގެން،  ”ޖަޕާން އިނޮވޭޝަން ޕާޓީ“ އާއެކު އިއްތިހާދެއް އުފައްދަވާފައެވެ. މި ދެ ފަރާތުން ބޮޑަށް ބާރުއަޅަނީ އަސްކަރިއްޔާ ފުޅާކުރުމަށާއި، ރަސްކަމުގެ ތަޚުތަށް އިސްކުރެވޭނީ ހަމައެކަނި ފިރިހެނުން ކަމަށް ކަނޑައެޅުމަށާއި، އަދި ބަންދުކޮށްފައިވާ ނިއުކްލިއަރ ރިއެކްޓަރުތައް އަލުން ހުޅުވުމަށެވެ.

އަނެއްކޮޅުން، ކުރީގެ ބައިވެރިޔާ ކޮމެއިޓޯ ވަނީ އިދިކޮޅު ”ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ އޮފް ޖަޕާން“ އާ ގުޅިގެން ”ސެންޓްރިސްޓް ރިފޯމް އެލަޔަންސް“ ގެ ނަމުގައި އާ ކޯލިޝަނެއް އުފައްދާފައެވެ. މި ކޯލިޝަނުން އިސްކަންދެނީ ޖިންސީ ހަމަހަމަކަމަށާއި، އިޖުތިމާއީ ގޮތުން އެންމެން ބައިވެރިކުރާ ސިޔާސަތުތަކަށާއި، އަދި ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ގާއިމުކުރުމަށެވެ.

ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މި އަވަސް އިންތިޚާބުން ޖަޕާނުގެ މަޖިލީހުގެ ތަރުތީބަށް ބޮޑު ބަދަލެއް އަންނާނެއެވެ. އަދި މިއީ ބޮޑުވަޒީރު ޓަކައިޗީގެ އިސްލާހީ އެޖެންޑާ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްތޯ ނުވަތަ ގާނޫނު ހެދުމުގައި އިތުރު ހުރަސްތަކާ ކުރިމަތިލާންޖެހޭނެތޯ ސާފުވެގެންދާނެ އިންތިޚާބެކެވެ.

އިގްތިސާދީ ކަންކަމާއި، ދިފާއީ އިސްލާހުތަކާއި، އިޖުތިމާއީ ސިޔާސަތުތަކާ ގުޅޭގޮތުން ޚިޔާލުތަފާތުވުންތައް ހުރި މި ދަނޑިވަޅުގައި، ފެބުރުވަރީ މަހު އޮންނަ އިންތިޚާބު ވެގެންދާނީ ވަރަށް ވާދަވެރި އިންތިޚާބަކަށެވެ.

ޝާހީ މަސްއޫލިއްޔަތުތަކުން ދުރުވި ހެރީއަށް ދައުލަތުގެ ފައިސާ ލިބޭތީ ޕްރިންސް ވިލިއަމް ހިތްހަމަނުޖެހިއްޖެ
16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިޔާ މަނާކުރި ފުރަތަމަ ޤައުމަކަށް އޮސްޓްރޭލިއާ
ޕަރތް ސްޓޭޑިއަމްގައި އަލިފާނުގެ ޚާދިސާއެއް ހިނގައިފި
40 ކުދިންނާއެކު ދަތުރުކުރި ޕާކިސްތާނުގެ ސްކޫލު ބަހަކަށް ބޮމުގެ ހަމަލާއެއްދީފި
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް އަލުން ހިންގުމުގެ ތައްޔާރީތައް ޖަޕާނުން ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?