The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މުޅި ޤައުމު އޮތީ ޤައުމީ ފުޓްސަލް ޓީމާއެކު، އިންތިޒާރުކުރަނީ ތަށްޓަށް: ނައިބު ރައީސް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

ހުރިހާ ދިވެހިންވެސް ތިބީ ޤައުމީ ފުޓްސަލް ޓީމާއެކުކަމަށާއި، ރައްޔިތުން ތިބީ ޤައުމީ ޓީމުން ތަށްޓާއެކު އެނބުރި ރާއްޖެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ގދ. ފިޔޯރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ”ޕީއެސްއެމް ނިއުސް“ އާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މުޅި ޤައުމު އޮތީ ޤައުމީ ޓީމާއެކުގައި ކަމަށާއި، އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން، ކުޅިވަރުގައި ދިވެހިން ދައްކައިދޭ އެއްބައިވަންތަކަމުގެ ރިވެތި ސިފަ މި ފަހަރުވެސް ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ، މުޅި ރާއްޖޭގައިވެސް، މީސްމީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހުރިހާ ދިވެހިން ވެސް ޤައުމީ ޓީމާއެކު ތިބިކަން ހާމަކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ޓީމާއިމެދު ދިވެހިންގެ އުއްމީދުތައް ހުރި މިންވަރު އެކަމުން ހާމަވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ތަށްޓާއެކު ޤައުމީ ޓީމުން އެނބުރި ރާއްޖެ އަންނައިރު، ޓީމަށް މަރުޚަބާ ކިޔުމަށް ދިވެހިން ތިބީ ކެތްމަދުވެފައި ކަމަށެވެ.

”އަޅުގަނޑު ދަންނަވާލަން ބޭނުން ދިވެހި މުޅި ޤައުމު މިއޮތީ ދިވެހި ޤައުމީ ޓީމާއެކުގައޭ. އަބަދުވެސް ކުޅިވަރުގައި ދިވެހިން ދައްކައިދޭ ނަމޫނާ، މި އެއްބައިވަންތަކަމުގެ ރިވެތި ސިފަ، އިރާދަކުރެއްވިޔާ މިފަހަރު ވެސް އަޅުގަނޑުމެންގެ ރާއްޖެއިން ދައްކައިދޭނެ،“ ސާބިތުކަމާއެކު ކުޅެ، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ޓީމުގެ ކިބައިން އެދިވަޑައިގަންނަވަމުން ނައިބު ރައީސް ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު ޤައުމީ ޓީމުން އެނބުރި ރާއްޖެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި މުޅި ޤައުމު އޮތްއިރު، މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރަން ރާއްޖެއަށް ދެން އޮތް ދެމެޗުގެ ތެރެއިން ބޭނުންވަނީ އެންމެ މެޗަކުން މޮޅުވާށެވެ. އެގޮތުން، ހޮނިހިރު ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް މުބާރާތުގެ ތަށި ކަށަވަރުވާނެއެވެ.

 

މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ: ރައީސް
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މަޤާމުން ވަކިކޮށްފި
ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށައިފި
ޢުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ އިތުރު ދެ ދިވެއްސަކު ނިޔާވެއްޖެ
ތައުލީމާ ދާއިރާއަށް ގިނަދުވަހު ޙިދުމަތްކުރެއްވި އައިންތު މިސް ނިޔާވެއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?