The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މިރޭ މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްއޮތް ރަމަޟާންމަހު ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. އެގޮތުން މާލެ ސަރަހައްދުގައި މިރެއިން ފެށިގެން މަސްދަޅު ކޭސް ބަހަން ފަށާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

محتويات
މާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:ހުޅުމާލެ ފޭސް1 ގައި މަސްދަޅުކޭސް ބަހާ ތަންތަން:ހުޅުމާލެ ފޭސް 2ގައި މަސްދަޅުކޭސް ބަހާ ތަންތަން:ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.އެގޮތުން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ތަންތަނަށް މަސްދަޅުކޭސްތައް ގެންދިއުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވަނީ މިރެއިން ފެށިގެންނެވެ. އެގޮތުން، ކޮންމެ ރެއެއްގެ 8:00އިން ފެށިގެން 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެކަމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން މަސައްކަތްކުރައްވަނީ ރަމަޟާންމަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށްވެސް މަސްދަޅުކޭސް ބަހާ ނިންމާލުމަށެވެ.

މާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:

  •  މިފްކޯ މަރުކަޒު
  •  ސޯޝަލް ސެންޓަރު
  •  އެމްޓީސީސީ ސޯމިލު
  •  ހެންވޭރު ބޯޅަދަނޑު
  •  ގަލޮޅު ދަނޑު

ހުޅުމާލެ ފޭސް1 ގައި މަސްދަޅުކޭސް ބަހާ ތަންތަން:

  • ޢުމަރުޒާހިރު ބިލްޑިންގް
  • ޕޮލްކޯޓަވަރ
  • މުހައްމަދު ޤާސިމް ޕްރީސްކޫލް

ހުޅުމާލެ ފޭސް 2ގައި މަސްދަޅުކޭސް ބަހާ ތަންތަން:

  • ކާމިލުދީދީ ސްކޫލް
  • ހިޔާޓަވަރު 10
  • އެމްޕީއެލް ޓަވަރު ޕީ

ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:

  • ވެމްކޯސައިޓު

ރޯދަމަހަށް ޚާއްޞަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރޯދަމަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަމަހުގެ 18ވަނަ ދުވަހެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.

މާލޭ ސިޓީ މޭޔަރު ރައްޔިތުންނަށް އޮޅުވާލައްވަނީ ކަމަށް ޑެޕިއުޓީ މޭޔަރު ތުހުމަތުކުރައްވައިފި
އެލޮން މަސްކް، ގްލޯބަލް މަހުޖަނުންގެ ރޭންކިންގްގެ އެންމެ ކުރިއަށް!
ނިމުނު އަހަރު 205 ދަރިވަރަކަށް ސްކޮލަރޝިޕް ފުރުޞަތު ދީފި
ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް އަންނަ މަހު ފަށަނީ
ޓޯވކުރާ އުޅަނދުތައް ގެންދާއިރު، ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެ:ފުލުހުން
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?