The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

”ޝަހީދު ޢަލީ“ ސްކޫލް ރަސްމީކޮށް ހުޅުވައި ކިޔަވައިދޭން ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ފުރަތަމަ ސްކޫލް، ”ޝަހީދު ޢަލީ“ ސްކޫލް ރަސްމީކޮށް ހުޅުވައިފިއެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު ޢަލީ ސްކޫލަކީ، އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ސްކޫލްއެކެވެ.

މި ސްކޫލު ރަސްމީކޮށް ހުޅުވުމަށްޓަކައި އެ ސްކޫލުގައި މިއަދުވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގެ ތެރެއިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. އަދި ސްކޫލް ރަސްމީކޮށް ހުޅުވުމުގެ ގޮތުން، ސްކޫލްގެ ލޯގޯ އިފްތިތާޙްކޮށްފައިވެއެވެ.

ޝަހީދު ޢަލީ ސްކޫލުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އަދި 2 އަހަރުގެ ތެރޭގައި ސްކޫލްގެ މަސައްކަތް ނިންމާ މިހާރުވަނީ ކިޔަވައިދޭން ފަށާފައެވެ. މި މަސައްކަތް ކުރިއަށްގެންދިޔައީ އާރްސީސީއާ ހަވާލުކޮށްގެންނެވެ.

މިސްކޫލްގައި މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. މި ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެއްނަމަވެސް ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2500 ކުދިންނަށް ކިޔަވައިދެވޭނޭކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ ޝަހީދު އަލީ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމު ހިމެނެއެވެ.އަދި 400 ކުދިންގެ އޮޑިޓޯރިއަމަކާއި ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބާއި 3 ސައިންސް ލެބާއި އިންޑޯ ހޯލަކާއި ބޭރުގައިވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

ޝަހީދު ޢަލީ ސްކޫލަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ދާއިމީ 2 ވަނަ ސުކޫލެވެ. ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލަކީ، ޞަލާޙުއްދީން ސްކޫލެވެ.

މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ: ރައީސް
އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މަތީ ފެންވަރު ހާސިލްކުރުމަކީ ޖުޑީޝަރީގެ އަމާޒު: އުއްތަމަ ފަނޑިޔާރު
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ލުއިތަކެއް ދެނީ
ބަންޑުން ޖަހާލި ބޯޓުން ގެއްލިގެން ހޯދަނީ ދިވެއްސަކާއި ބިދޭސީއެއް
ނ. އަތޮޅު ހޮސްޕިޓަލުގެ ފިޒިއޮތެރަޕީގެ ޚިދުމަތާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭން ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?