The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ނިޕާ ވައިރަސް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

އިންޑިއާގެ ވެސްޓް ބެންގޯލް ސަރަހައްދުގައި ނިޕާ ވައިރަސް ފެތުރެމުންދާތީ، އެ ސަރަހައްދަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ވެސްޓް ބެންގޯލްއިން ނިޕާ ވައިރަސްގެ ތިން ކޭހެއް ފެނިފައިވާ ކަމަށެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި 180 އަށްވުރެ ގިނަ މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވި، މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށްވެސް އެ އެޖެންސީން މައުލޫމާތު ދެއްވައެވެ.

ރާއްޖޭގެ ސިއްހީ ކަންކަން ބަލަހައްޓާ އެންމެ މަތީ އިދާރާއިން ވިދާޅުވި ގޮތުގައި، މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑައެވެ. ނަމަވެސް އިންޑިއާގެ ހާލަތު އެ އެޖެންސީން މޮނިޓަރ ކުރަމުންދާ ކަމަށާއި، ޚާއްޞަކޮށް ވެސްޓް ބެންގޯލަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ނިޕާ ވައިރަސްއަކީ ޓެރޯޕަސް އާއިލާގެ ވާލުންނާއި އޫރުން އިންސާނުންނަށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުމާއި، ކަރުގައި ރިއްސުމުގެ އިތުރުން ނޭވާލާން އުނދަގޫވުން ހިމެނެއެވެ. އަދި ބަލި ބޮޑުވާ ހާލަތްތަކުގައި ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުމާއި ފިޓުޖެހުން ފަދަ ނުރައްކާތެރި ކަންކަން މެދުވެރިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، މި ބަލި ޖެހުމުން ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނިވެސް ހިނގައިދާނެ ކަމަށެވެ. އަދި މި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނެތް ނަމަވެސް، ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

މިހާތަނަށް އިންޑިއާގެ އެހެން އެއްވެސް ސަރަހައްދަކުން ނުވަތަ އެހެން ގައުމަކުންވެސް މި ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށާއި، ރާއްޖެއިންވެސް މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ކޮންޓެކްޓެއް މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ސިނގިރޭޓް ކޮންޓެއިނަރ ވަގަށްނެގި މައްސަލަ: އިސް ދެ މީހަކު ޝަރުތުކޮށް ބަންދުން ދޫކޮށްލައިފި
މުޅި ޤައުމު އޮތީ ޤައުމީ ފުޓްސަލް ޓީމާއެކު، އިންތިޒާރުކުރަނީ ތަށްޓަށް: ނައިބު ރައީސް
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ފަށަނީ
މާލޭ ގެއަކުން ވަގަށް ނެގި ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި
ޕީއެންސީ ޕްރައިމަރީގައި ރެކޯޑް އަދަދެއްގެ ވޯޓު ލާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?