The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހައްޖު ކޯޕަރޭޝަނުން ”ކުރު އުމްރާ“ ޕެކޭޖު ތައާރަފުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ”ކުރު އުމްރާ“ ގެ ނަމުގައި ހާއްސަ ޕެކޭޖެއް  ތައާރަފުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ޕެކޭޖަކީ ހައްޖު މޫސުން ފިޔަވައި އަހަރުގެ އެހެން ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާ ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. މިއީ ބިޒީކޮށް އުޅޭ މީހުންނަށް ލިބޭ ކުރު ޗުއްޓީއެއްގައި ނުވަތަ އާއިލާ އާއި ރަހުމަތްތެރިންނާއެކު އަމިއްލަ އަށް އިންތިޒާމުތައް ހަމަޖައްސައިގެން އުމްރާ ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ރަނގަޅު ފުރުސަތެކެވެ.

މި ޕެކޭޖުގެ އެންމެ ހާއްސަ ސިފައަކީ އުމްރާވެރިޔާ ބޭނުންވާ ގޮތަށް ހުރިހާ އިންތިޒާމެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. އެގޮތުން އުމްރާ އަށް ފުރާނެ ދުވަހާއި، އެނބުރި އަންނާނެ ދުވަހާއި، ދަތުރުކުރާނެ ފްލައިޓާއި، ހުންނާނެ ހޮޓަލުގެ އިތުރުން ސައުދީގައި ދަތުރުފަތުރު ކުރާނެ އުޅަނދުތައް ވެސް އަމިއްލައަށް ކަނޑައެޅޭނެ އެވެ.

ޕެކޭޖުގެ މުހިންމު ބައިތައް:

ވިޔަފާރި ދަތުރުތަކާ ގުޅުވުން: ވިޔަފާރި ދަތުރުތަކަށް ފަހު އުމްރާ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ. މީގެ ތެރޭގައި އުމްރާއަށް ފަހު ދުބާއީ ފަދަ ގައުމުތަކަށް ވިޔަފާރިކުރަން ދިއުމަށް ބޭނުންވާ ވިސާގެ ކަންކަން ހަމަޖައްސައިދިނުން ހިމެނެ އެވެ.

  • ފްލައިޓާއި ހޮޓާ އިހުތިޔާރުކުރުން: ދަތުރުކުރާނެ އެއާލައިނަކާއި ފްލައިޓް ކްލާސްގެ އިތުރުން، ސައުދީގައި ހުންނާނެ ހޮޓަލުގެ ފެންވަރާއި ހޮޓާ ހުންނަ ސަރަހައްދު އަމިއްލައަށް ކަނޑައެޅޭނެ އެވެ.
  • ދަތުރުފަތުރުގެ އިންތިޒާމު: ކޮންމެ މީހެއްގެ ވެސް ބަޖެޓާ ގުޅޭ ފެންވަރުގެ އުޅަނދުތަކުގައި ސައުދީގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
  • ޒިޔާރަތްތައް: ގްރޫޕަކާ ނުގުޅި އަމިއްލައަށް ބޭނުންވާ ތަންތަނަށް ޒިޔާރަތްކުރުމާއި، އެންމެ ފަސޭހަ ގަޑިތަކުގައި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެ އެވެ.އެކަނި ނުވަތަ ގްރޫޕަކާއެކު: އެކަނި އުމްރާ ކުރަން ބޭނުންވާ މީހުންނަށާއި، އާއިލާ ނުވަތަ ރަހުމަތްތެރިންގެ ވަކި ގްރޫޕެއްގެ ގޮތުގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް މި ޕެކޭޖުގެ ދަށުން އިންތިޒާމުތައް ހަމަޖައްސައިދެވޭނެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި ޕެކޭޖުގެ ދަށުން އުމްރާވެރިޔާ އިހުތިޔާރު ކުރާ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އުމްރާއަށް ދާން ގަސްދުކުރާ ހިސާބުން ފެށިގެން ދަތުރު ނިމެންދެން ބޭނުންވާ ހުރިހާ އިރުޝާދަކާއި، ފަންނީ އެހީތެރިކަމާއި ލަފާ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޙައްޖު ދުވަހާއި ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތައް!
މިހާތަނަށް 500އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅައިފި
އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިންގެ އައު ދެ ސްކީމެއް ތަޢާރަފް ކުރަނީ
ވެލާނާ އެއަރޕޯޓުގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއް އަތުލައިގެންފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?