The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މަތީ ފެންވަރު ހާސިލްކުރުމަކީ ޖުޑީޝަރީގެ އަމާޒު: އުއްތަމަ ފަނޑިޔާރު

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއިން އެންމެ މަތީ ފެންވަރު ހާސިލްކުރުމުގެ ސާފު އަމާޒާއި މިސްރާބު ދިވެހި ފަނޑިޔާރުގޭގައި އެބައޮތް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ މިއަދު ހެނދުނު ފެށުނު ”ފަނޑިޔާރުންގެ މަހާސިންތާ 2026“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަހާސިންތާއަކީ ރާއްޖޭގެ ފަނޑިޔާރުންގެ މެދުގައި އިލްމީ އަދި ފަންނީ މަޝްވަރާތައް ކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، މުއައްސަސާއެއް ކުރިއަރައިދިއުމަށްޓަކައި ސާފު ވިޝަންއެއް ނުވަތަ އަމާޒެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް ބލިއަޅުވާލެއްވިއެވެ. ”އެ ވިޝަން، އެ މިސްރާބު އެ އަމާޒު ދިވެހި ފަނޑިޔާރުގޭގައި އެބައޮތް. އެއީ، ޤާނޫނުގެ ބާރުވެރިކަން ނުވަތަ ގާނޫނުގެ ހުކުމް ނެގެހެއްޓުމާއެކު އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މަތީ ފެންވަރު ހާސިލް ކުރުން،“ އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި ޒަމާނުގައި ފަންނިޔާތުގެ ހުނަރަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން ލާޒިމު ކަމެއް ކަމަށެވެ. ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީގެ ސަބަބުން މަސައްކަތްތަކަށް ލުއިފަސޭހަކަން ލިބުނު ނަމަވެސް، އިންސާފު ގާއިމުކުރުމުގެ މަރުހަލާގައި އިންސާނީ ވިސްނުމާއި އިހުސާސްތަކަކީ އަބަދުވެސް އެންމެ މުހިންމު ދައުރު އަދާކުރާނެ ކަންކަމެވެ. އޭއައި ބޭނުންކުރުމުގައި ”ބައިއެސްވުމުގެ“ ނުވަތަ ވަކި ފަރާތަކަށް ޖެހުމުގެ ސިފަ ހުރެދާނެތީ އެކަމަށް ފަރުވާތެރިވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ޝަރުޢީ ދާއިރާގައި ޓެކްނޮލޮޖީއާއި އޭއައި ބޭނުންކުރުން“ މި މައުޟޫއަށް ކުރިއަށްދާ މި އަހަރުގެ މަހާސިންތާގެ ކީ-ނޯޓް ސްޕީކަރަކީ މަޝްހޫރު ސައިންސްވެރިޔާ ޕްރޮފެސަރު ޑރ. ޙަސަން އުގެއިލެވެ. މި މަހާސިންތާގައި ރާއްޖޭގެ ފަނޑިޔާރުންގެ އިތުރުން އިންޑިއާގެ ޖުޑީޝަލް އެކަޑަމީގެ ފެސިލިޓޭޓަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ހުކުރުދުވަހު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބާއްވަނީ
ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން މަސައްކަތްކުރާ ރިސޯޓާއި ކައިރިން ބޯހިޔާވަހިކަން ފަހިކޮށްދޭނަން: ރައީސް
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މަންޑޭ ކޯޓަށް ހާޒިރުކުރުމަށް ފުލުހުން މަސައްކަތް ފަށައިފި
ބައިނަމްއަޤްވާމީ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ މުޅި ޤައުމަށް ލިބުނު ތާރީޚީ ފަޚުރެއް : ރައީސް މުޢިއްޒު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?