The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ބީއެމްއެލްގެ ޒަމާނީ އާ ބްރާންޗެއް ދ. ކުޑަހުވަދޫގައި ހުޅުވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 މަސް ago
SHARE

ދ. ކުޑަހުވަދޫގައި ގާއިމުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ބްރާންޗް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ކުޑަހުވަދޫގައި މިއަދު ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި، ކުޑަހުވަދޫގައި މި ހުޅުވުނު އާ ބްރާންޗަކީ މީގެ ކުރިން އެ ރަށުގައި ހިންގަމުން އައި ބްރާންޗުގެ ބަދަލުގައި، ޒަމާނީ ވަސީލަތްތަކާއެކު އަލަށް ބިނާކުރެވުނު ތަނެކެވެ. މިއީ އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، އަތޮޅުތެރޭގެ އިގްތިސާދީ ކުރިއެރުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.

މި އާ ބްރާންޗާއެކު ކުޑަހުވަދޫގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް އަވަސްވެ، ފަސޭހަކަމާއެކު ބޭންކިންގް ޚިދުމަތްތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ބްރާންޗަކީ ކަރުދާސް ބޭނުންކުރުން މަދުކޮށް ޑިޖިޓަލްކޮށް ޚިދުމަތް ދޭ ތަނަކަށް ވުމުން، ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރަށްރަށުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށާއި ޒަމާނީ ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ. ބޭންކުން ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް 12 ބްރާންޗެއް ހުޅުވައި، ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ނިންމާފައެވެ.

ޤައުމީ ބޭންކުން މިހާރުވެސް ދަނީ ރާއްޖޭގެ 20 އަތޮޅު ހިމެނޭހެން ޖުމްލަ 42 ބްރާންޗާއި، 267 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިންގް ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ސީރިއަސް އަނިޔާތަކެއް
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުންގޯސް ، މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ
މާލޭ ގެއެއްގައި ދެ ލޯބިވެރިންގެ ދެމެދު މާރާމާރީއެއް ހިނގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފި
އައު އަހަރުގެ ފެސްޓިވަލްއަށް ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުޞަތު އެޗްޑީސީ އިން ހުޅުވާލައިފި
ވަޒީފާ ލިބުނަސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ކަނޑައެއް ނުލާނެ: ވަޒީރު ޑރ. ޢައިޝަތު ޝިހާމް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?