The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ ތަމްރީންތައް 350 ޒުވާނުންނާއެކު މާފިލާފުށީގައި ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ދިވެހި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ”ދިވެހި ވަޠަނީ ޚިދުމަތް“ ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީންތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ތަމްރީންތައް އިފްތިތާހުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 350 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ.

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޚު ހުރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ފެއްޓެވި މުހިންމު މަސައްކަތެކެވެ. މިއީ މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކުވެސް މަޖުބޫރުކަމެއްގެ ގޮތުގައި ފުރިހަމަ ކުރަންޖެހޭ ތަމްރީނެކެވެ.

ތިން މަސް ދުވަހުގެ މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި އުނގަންނައިދޭނީ ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ބަހުގެ ހުނަރުވެރިކަމެވެ. މީގެ އިތުރުން ހަށިހެޔޮކަން އިތުރުކުރުމަށް ކަސްރަތުތަކާއި، އަޚްލާޤާއި ސުލޫކު ހަރުދަނާކުރުމަށް ހެވިކަމުގެ ތަމްރީނުތައްވެސް ކުރިއަށްދާނެއެވެ.

ޒުވާނުންގެ ހުނަރު އިތުރުކުރުމުގެ ގޮތުން ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި ކޭމްޕް ޙަރަކާތްތަކުގެ އިތުރުން، އަސްކަރީ ތަމްރީނުތަކުގެ ތަޢާރަފެއްވެސް މި މުއްދަތުގެ ތެރޭގައި ދަރިވަރުންނަށް ފޯރުކޮށްދެވޭނެއެވެ.

މި ތަމްރީން ފުރިހަމަކުރާ ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓުގެ އިތުރުން، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް، އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓްތައް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ”މޯލްޑިވްސް ޑިޖިޓަލް ސަރވިސް“ އުފައްދަވައިފި
ފައިސާ ހޯދަން މީހަކު ރަހީނުކުރި ބަޔަކު ހައްޔަރުކޮށްފި
ފޭކު ސިޓީއެއް ދެއްކުމަށްފަހު ޖެމްކިޔުއިން ފައިސާ ނުނެގޭގޮތް ހަދައިފި
ރައްޔިތުންގެ އަޑު އެހުމުގައި ވެރިއެއްގެ ހައިސިއްޔަތުން މުޅި ދުނިޔެއަށްވެސް ނަމޫނާއެއް!
ވާނުވާ ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ވަނީ ފަށާފައި: ރައީސް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?