The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އައްޑޫ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

އައްޑޫ ސިޓީގެ މައި މަގު ކަމުގައިވާ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ އައްޑޫގެ ރައްޔިތުންގެ ގިނަ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އައްޑޫ ލިންކު ރޯޑަކީ 2003 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މަގަކަށްވާއިރު، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެކަށީގެންވާ މަރާމާތެއް ނުކުރެވި އޮތުމުގެ ސަބަބުން މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އާރްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދާ ސާވޭގެ މަސައްކަތްތައް ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. އަދި ސާވޭ ނިމުމާއެކު މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާނެއެވެ.

މަޝްރޫޢުގެ ތަފްސީލު:

  • މަޝްރޫޢުގެ އަގު: 829 މިލިއަން ރުފިޔާ.
  • މަސައްކަތް ނިންމަންޖެހޭ މުއްދަތު: 3 އަހަރާއި 11 މަސް ދުވަސް.
  • މަސައްކަތުގެ ދާއިރާ: 12.3 ކިލޯމީޓަރުގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ހެދުމާއި، ސީޓީބީ އަޅާފައިވާ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން.
  • ހިމެނޭ އިތުރު މަސައްކަތް: ފެން ހިންދާ ނިޒާމު ޤާއިމުކުރުން، ދުވާރު ހެދުން، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުން.

އައްޑޫގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން ނުރައްކާތެރި އެތައް އެކްސިޑެންޓުތަކެއް ހިނގައި، ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

އާރްޑީސީން ވިދާޅުވީ މި މަޝްރޫޢަކީ އައްޑޫގެ ތަރައްޤީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ލިންކު ރޯޑުގެ އިތުރުން އައްޑޫގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ރޭވުމާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢު ނިމުމުން އައްޑޫގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރައްވައެވެ.

ރޯދައިގެ ކުރިން ބާޒާރުމަތީ މަގު ހަދައި ނިންމަނީ
މާލޭގެ ބޯހިޔާވަހިކަމުގެ އުސޫލުތައް އާންމުކޮށްފި
ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ ތަމްރީންތައް 350 ޒުވާނުންނާއެކު މާފިލާފުށީގައި ފަށައިފި
ޝަމާހަށްފަހު ސްޓެލްކޯގެ ޕްރޮކިއުމެންޓް ހެޑް އަޒްހަދު ވެސް މަގާމުން ދުރުކޮށްފި
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?