The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ސަރުކާރުގެ އައިނު ފިހާރަ އަތޮޅުތަކަށް, ފުރަތަމަ ފިހާރަ އަންނަ މަހު އައްޑޫގައި ހުޅުވަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

މާލެއަށް ބަރޯސާނުވެ، އަތޮޅުތަކުގައި ތިބެގެން ފަސޭހަކަމާއެކު އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، އަތޮޅުތަކުގައި ހުޅުވާ ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ރައްޔިތުން އައިނު ހައްދަން ކުރާ ބޮޑު ހޭދައަށް ލުޔެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) އިން މިހާރު ދަނީ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ”އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް“ ގެ ނަމުގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދެމުންނެވެ.

އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި މިހާރު ވަނީ އައިނު ފިހާރަ ޤާއިމުކޮށް ނިންމާލާފައެވެ. އައިޖީއެމްއެޗް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ފިހާރައިގެ އައިނު ހަރުތަކާއި ލޯ ދެއްކުމަށް ޚާއްޞަ ކުރެވިފައިވާ ބައިގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާއިރު، އަންނަ ފެބުރުވަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި މި ފިހާރަ ރަސްމީކޮށް ހުޅުވޭނެއެވެ.

މާލެ ސަރަހައްދަށް ބަރޯސާނުވެ އަމިއްލަ ރަށުގައި ތިބެގެން އަސާސީ ޚިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން އައްޑޫގެ އިތުރުން ކުޅުދުއްފުށީ ސިޓީގައިވެސް ސަރުކާރުގެ އައިނު ފިހާރައެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އާސަންދަ ސްކީމްގެ ދަށުން މިހާރުވެސް މާލެ ސަރަހައްދުގެ ކްލިނިކްތަކާއި އައިނު ފިހާރަތައް ހިމެނޭހެން ޖުމްލަ 18 ތަނަކުން އަންނަނީ އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ރައްޔިތުންނަށް ދޭ ލުޔެއްގެ ގޮތުން، އައިނު ހެއްދުމަށް ހެލްތު އިންޝުއަރެންސްގެ ދަށުން މީގެ ކުރިން ދެމުންދިޔަ 1000 ރުފިޔާގެ އެހީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މި އައު ޚިދުމަތާއެކު، އަތޮޅުތަކުގެ ރައްޔިތުން އައިނު ހެއްދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، އިޤްތިޞާދީ ގޮތުންނާއި ވަގުތުގެ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ މުސްތަޤްބަލް ބިނާކުރަނީ ހާމަކަމާއި ނަޒާހާތްތެރިކަމާއެކު: ރައީސް މުޢިއްޒު
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ
މާދަމާރޭ ބާއްވަވާ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް :ހީނާ
ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފި
ދިޔަވަމުންދިޔަ ދޯންޏެއްގައި އެކަނި ދަތުރުކުރަމުންދިޔަ ދޮށީއުމުރު މީހެއް ފުލުހުން ސަލާމަތްކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?