The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ޒާހިރުއަށް ބައްދަލުކުރައްވާ ޝުކުރުއަދާކުރައްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަޤާމުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޑރ. ޒާހިރު ޙުސައިން އެ މަޤާމުގައި ހުންނަވައިގެން ޤައުމަށް ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑރ. ޒާހިރު ޙުސައިނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް ބޮޑު ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި މަދަރުސާތައް ބިނާކުރައްވައި، ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތަކީ ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެމަނިކުފާނަށް ދެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރައްވަމުން، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ފެންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ.

ޑރ. ޒާހިރު ޙުސައިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ޚާއްޞަ ސިޓީފުޅެއްވެސް އަރުވާފައެވެ. އެ ސިޓީފުޅުގައި، އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ އިތުރުން، 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޒަމާނީ އަދި ދިވެހިވަންތަ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ.

ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ ޖުމްލަ 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ ތެރެއިން 33 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. އެމަނިކުފާނަށް ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ. އަދި ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ދައުރު ނިމޭއިރު މަސްވެރިކަމުން ލިބޭ ޢާމްދަނީ 2ގުނަ ވެގެންދާނެ: ވަޒީރު އަޙްމަދު ޝިޔާމް
ކާވާ ކަޕް 2025 ފައިނަލަށް ދިވެހި އަންހެން ވޮލީބޯޅަ ޓީމު ދަތުރުކުރުމަކީ ބޮޑު ފަޚުރެއް : ރައީސް މުޢިއްޒު
ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހައްޓަނީ
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުން: މިއީ މަސްވެރިންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމުގެ ފެށުމެއް – ވަޒީރު ޝިޔާމް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?