The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މާފަރު އެއާޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތްތައް ފަށަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހަމަކޮށް، ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން ދަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ ކުންފުނި އައިލޭންޑް އެވިއޭޝަން ސާވިސަސްއިންނެވެ. މާފަރު އިންޓަރނޭޝަން އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.މި މަޝްރޫޢުގެ ދަށުން މިހާރުގެ ޓަރމިނަލާ އިންވެގެން 2 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރެއެވެ.

މި މަސައްކަތް ޢަމަލީގޮތުން ފެށުމަށް ބޭނުންވާ ސާމާނު ޗައިނާ ކުންފުނިން މާފަރަށް ގެންގޮސްފައިވާއިރު، މީހާރު ވަނީ އެކަމާ ގުޅޭ މަސައްކަތްތައް ސައިޓުގައި ފަށާފައެވެ. އެގޮތުން ބޭނުންވާ ހެވީ ވެހިކަލްތަކާއި ބަލްކް މުދާވެސް ވަނީ ގެނެސްފައެވެ.ޓަރަމިނަލްގެ އައު އިމާރާތަކީ 6238 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. އައު އިމާރާތާއެކު ޓަރމިނަލްގެ ޖާގަ 12476އަށް އިތުރުވެ، މުޅި ޕެސެންޖަރ ޓަރމިނަލްގެ ޖާގަ ދެގުނަ އިތުރުވާނެއެވެ.3.6 މިލިއަން ޑޮލަރަށް މި މަސައްކަތް ހަވާލުކޮށްފަވަނީ 10 މަސް ދުވަހުން ނިންމާގޮތަށެވެ.

މާފަރު އިންޓަރނޭޝަންލް އެއަރޕޯޓަކީ އަތޮޅުތަކުގެ އެއަރޕޯޓު ތަކުގެތެރެއިން އެންމެ ގިނަ ދަތުރުތައް އޮންނަ އެއަރޕޯޓެވެ. ޕީކް ސީޒަންގައި 20-25 ދަތުރު މާފަރު އެއަރޕޯޓުން ކުރެއެވެ. ނ. އަތޮޅަކީ ރާއްޖޭގައި ލަގްޒަރީ ރިސޯޓުތައް އެންމެ ގިނަ އަތޮޅަށް ވުމާއެކު، މާފަރު އެއަރޕޯޓަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓު ޖައްސައެވެ.

ޓަރމިނަލް އައު އިމާރާތާއެކު ގިނަ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވިއެވެ. މިގޮތުން މިހާރު ބޭނުން ކުރާ އެރައިވަލް ހޯލް ބޮޑުކޮށް، ބެގޭޖް ހޭންޑްލިންގް ބެލްތް ބޮޑުކުރާނެއެވެ. މީގެ އިތުރުން މަޝްރޫޢު ނިމިގެންދާއިރު ފުރަތަމަ ފަނގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ޤާއިމްކުރާނެއެވެ. އަދި ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ޤާއިމްކުރާނެއެވެ.

މާފަރު އެއަރޕޯޓް ހުޅުވާ ޚިދުމަތް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ފަހުން ނިމުނު އަހަރު ވަނީ މާފަރު އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށް، އޭޕްރަންއާއި ޓެކްސީ ވޭއަށްވެސް އިތުރު ތަރައްޤީ ގެނެސްފައެވެ. އަދި އެއަރޕޯޓާއި ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށް މާސްޓަރ ޕްލޭނެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

ޝަމާހަށްފަހު ސްޓެލްކޯގެ ޕްރޮކިއުމެންޓް ހެޑް އަޒްހަދު ވެސް މަގާމުން ދުރުކޮށްފި
ހިޔާލުތަފާތުވުން ޙައްލުކޮށް އެއްގަލަކަށް އެރޭތޯ ކުރީގެ ދެރައީސުން ބައްދަލުކޮށްފި!
ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 801 އުޅަނދު މި އަހަރު ނައްތާލައިފި
ރައީސް ދެއްވީ ސިނަމާލެ ފްލެޓުތަކުގެ މައްސަލަތައް ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން
ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނިއަޅައިގެން ނޫން : އެޗްޑީސީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?