The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ނ. އަތޮޅު ހޮސްޕިޓަލުގެ ފިޒިއޮތެރަޕީގެ ޚިދުމަތާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭން ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ނ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާޙިމެވެ. މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އިސް ފަރާތްތަކާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ޚިދުމަތްތަކާ ގުޅޭގޮތުން  ނ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް، އަޙްމަދު މައިމޫން ވިދާޅުވީ، އަލަށް މި ފެށުނު ދެ ޚިދުމަތަކީވެސް މަނަދޫގެ އިތުރުން މުޅި އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ މުހިންމު ދެ ޚިދުމަތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ނ. އަތޮޅު ހޮސްޕިޓަލުން ވަރަށް އަވަހަށް ސްޕީޗް ތެރަޕީގެ ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާކަންވެސް މައިމޫން ފާހަގަކުރެއްވިއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ނ. އަތޮޅު ހޮސްޕިޓަލުން ދުވާލަކު 120 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާއިރު، ނިމިދިޔަ އަހަރު އެކަނިވެސް 31،000 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާޙިމް ނ. އަތޮޅަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި ޖުމްލަ 4 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަނަދޫގެ އިތުރުން، މާފަރު، މާޅެންދޫ އަދި މިލަދުއަށް ވަޑައިގެން، އެ ތިން ރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވައިދެއްވާނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އާއްމު ބަލިތަކަށް ޓެސްޓު ކުރެވޭނެ ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. ނ. އަތޮޅުގެ ތިން ރަށެއްގައި އަލަށް މި ފެށޭ ލެބޯޓްރީގެ ޚިދުމަތާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 8 ރަށެއްގައި މިހާރު ލެބޯޓްރީގެ ޚިދުމަތް ލިބިގެންދާނެއެވެ. ނ. އަތޮޅަކީ 16،000 އަށްވުރެ ބޮޑު އާބާދީއެއް އޮތް އަތޮޅެކެވެ.

ޤާނޫނަށް އަހުލުވެރި މީހުން އިންފޮމޭޝަން އޮފިސަރުންނަށް ޢައްޔަނުކުރުމަށް ޕީ.ސީ.ބީ. އިން އަންގައިފި
ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުން: ދުވާރުގެ ބޮޑުބައެއް ނިމި، މަސައްކަތް މިހަފްތާގައި ނިންމަނީ
ފައިސާ ހޯދަން މީހަކު ރަހީނުކުރި ބަޔަކު ހައްޔަރުކޮށްފި
ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕީޖީ އޮފީހަށް
ބޮޑެތި ޑިސްކައުންޓްތަކާއި އެކު ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް ފަށައިފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?