The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

2 ވަނަ މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއާސް ފޯރަމް ނިންމާލައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭގޮތުން ބޭއްވި 2 ވަނަ ޤައުމީ ފޯރަމް، ”މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއާސް ފޯރަމް“ މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބަނޑޮސް އައިލެންޑް ރިސޯޓްގައި މި ފެބުރުވަރީ މަހުގެ 3 އިން 5 އަށް ކުރިއަށްދިޔަ މި ފޯރަމަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ފޯރަމްގައި ޖުމްލަ 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، އެފަދަ ސަރަހައްދުތައް ހިމެނޭ ރަށްތަކުގެ ކައުންސިލުތަކުގެ މަންދޫބުން ހިމެނެއެވެ. މީގެއިތުރުން ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކާއި، ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އިތުރުން އެކި ޤައުމުތަކުގެ ޑެލިގޭޓުންވެސް މި ފޯރަމްގައި ބައިވެރިވެ، މަޝްވަރާ ބަދަލުކޮށްފައިވެއެވެ.

މުހިންމު މަޝްވަރާތަކާއި ލަނޑުދަނޑިތައް
މި ފޯރަމްގެ މައިގަނޑު މަޝްވަރާތައް ބިނާވެފައިވަނީ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީގެ ކުންމިންގ މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވާރކްގެ 30×30 ލަނޑުދަނޑި ހާސިލުކުރުމުގެ މައްޗަށެވެ. މިގޮތުން ރާއްޖެއިން އެކުލަވާލަމުންދާ ރޯޑްމެޕް ތަންފީޒު ކުރާނެ ގޮތްތަކާއި، ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުމުގައި ތިމާވެއްޓަށާއި އާއްމުންނަށް އެންމެ ފައިދާހުރި ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

މީގެއިތުރުން، މިހާރު ޙިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި، މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ބެހޭގޮތުންވެސް ބައިވެރިން މަޝްވަރާކުރިއެވެ. ފޯރަމްގެ ތެރެއިން އެކި ފަރާތްތަކުން ވަނީ އެބޭފުޅުންގެ ތަޖުރިބާ ހިއްސާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަހައްދުތައް ބޭނުންކުރާނެ ގޮތްތަކުގެ މޮޑެލްތައް ހުށަހަޅާފައެވެ.

ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤް އިބްރާހީމް ވަނީ މި ފޯރަމް އިންތިޒާމުކުރުމުގައި އެހީތެރިވި އިނގިރޭސި ވިލާތުގެ އޯޝަން ކަންޓްރީ ޕާރޓްނަރޝިޕް ޕްރޮގްރާމް (އޯ.ސީ.ޕީ.ޕީ)، އައި.ޔޫ.ސީ.އެން އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސް (އެމް.އާރ.އާރ) އަށް ޝުކުރު އަދާކުރައްވާފައެވެ.

ޚާއްޞަގޮތެއްގައި، ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަންޕާ) ބެލެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ އެ ބޭންކަށް ޝުކުރު އަދާކުރައްވާފައެވެ. މި ފޯރަމަކީ މިނިސްޓްރީ އާއި ބައިނަލްއަޤްވާމީ އަދި ލޯކަލް ޕާޓްނަރުން ގުޅިގެން ކުރިއަށް ގެންދިޔަ ކާމިޔާބު ހަރަކާތެކެވެ.

މަންޑޭ ކޯޓަށް ހާޒިރުކުރުމަށް ފުލުހުން މަސައްކަތް ފަށައިފި
ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލަނީ
މަތީ އަރުތަވެރިންގެ އިނާމްގެ ހަތަރުވަނަ ދަންފަޅި ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިސްޓުން އުނިވާ މީހުންނަށް އެކަން އަންގަން ފަށައިފި
ރައީސުލްޖުމްހޫރިއްޔާ މިރޭ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?