The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހުޅުދޫ އަދި މީދޫގައި ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލް އިދާރާތަކެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ އުމްރާނީ އަދި އިދާރީ މަސައްކަތްތައް ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްޓަކައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ރައްޔިތުން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންވެސް ވަނީ މި ދެ ރަށުގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާފައެވެ.

މިކަމާ ގުޅޭ ތަފްސީލް ހިއްސާކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ކައުންސިލް އިދާރާ އެކުލަވާލުމަށްޓަކައި ވުޒާރާގެ ޚާއްޞަ ޓީމެއް މިހާރު އެ ރަށްރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަންނަ އޭޕްރިލް މަހު ބާއްވާ އިންތިޚާބަށްފަހު އާ ކައުންސިލްތައް އުފެދޭއިރު، ބޭނުންވާ އިމާރާތާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުންވެސް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު އެ ދެ ރަށުގައިވެސް ކައުންސިލް ހިންގާނެ ތަނެއް ނެތް. އިމާރާތެއް ހަމަޖައްސާ، އޮފީހަށް ބޭނުންވާ ވަސީލަތްތައް ހޯދާ، އަދި ޚިދުމަތްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ތައްޔާރީތައް ދަނީ ވަމުން، ވަޒީރު

މީގެއިތުރުން، ސަރުކާރުން ފަށާފައިވާ ކައުންސިލްތަކުގެ އައު އިމާރާތްތަކުގެ މަސައްކަތުގެ ދަށުން ޖުމްލަ 105 ކައުންސިލެއްގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން 55 ކައުންސިލެއްގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ދެއްވާ އަހަންމިއްޔަތުކަން މި މަސައްކަތްތަކުން ހާމަވާ ކަމަށެވެ. ޚާއްޞަކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ގޮތުން އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރަށްރަށުން ލިބޭނެ މަގުފަހިކޮށްދިނުމާއި، 19 ރަށެއްގައި ޕަބްލިކް ވޯކްސް އޮފީސްތައް ޤާއިމުކުރުމަކީ ރައްޔިތުންނަށް ދިމާވާ މުނިސިޕަލް ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ފުލުހުންގެ ފަރާތުން ކޮމާންޑަރުން ކަނޑައަޅުއްވައިފި
ނަޢީމްގެ ޚިދުމަތްތަކަކީ އޭވިއޭޝަން ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ ޚިދުމަތްތަކެއް: ރައީސުލްޖުމްހޫރިއްޔާ
ހެންވޭރުގައި ތަރައްޤީކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހު ފަށަނީ
ސްޓެލްކޯ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައި: ހުޅުމާލެ ހޮސްޕިޓަލް
ގެސްޓްހައުސް ވިޔަފާރިތަކަށް ވިޒިޓް މޯލްޑިވްސްގެ މެންބަރޝިޕް ފީ ކުޑަކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?