The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

’ރޯދަ ސާފު’ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ”ރޯދަ ސާފު“ގެ ނަމުގައި މާލެ ސަރަހައްދު ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި މާހައުލު ސާފުކުރުމުގެ ސަގާފަތް ދިރުވައި އާލާކުރުމަށް ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އާއި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. ސަރުކާރުގެ އެކި މުވައްސަސާތަކާއި ކުންފުނިތަކާއި ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ކޮންމެ އަހަރަކުވެސް އެ ވުޒާރާއިން އިންތިޒާމްކުރާ ކަމެކެވެ.

މާލޭގެ 5 ސަރަހައްދެއް ސާފުކުރުން
މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ދަށުން މާލޭގެ މުހިންމު 5 ސަރަހައްދެއް ވަނީ ސާފުކޮށްފައެވެ. އެ ސަރަހައްދުތަކަކީ:

  • އާރޓިފިޝިއަލް ބީޗް
  • އުސްފަސްގަނޑު
  • އިންޑަސްޓްރިއަލް ޒޯން
  • ރަސްފަންނު
  • ސަލްމާން މިސްކިތް ސަރަހައްދު

މި ހަރަކާތުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، މުވައްސަސާތަކާއި، ކުންފުނިތައް ހިމެނޭހެން ޖުމްލަ 22 އިދާރާއަކުން ބައިވެރިވެފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޒަމާނުންސުރެއް ދިވެހިންގެ ތެރޭގައި ރަމަޞާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭއާއި އެބަޔަކު އުޅޭ މާހައުލު ސާފު ތާހިރުކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެހެންކަމުން، މި ހަރަކާތަކީ ދިވެހިންގެ އެ ރީތި ސަގާފަތް ދިރުވާ އާލާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ކައުންސިލަރު ނަހުލާ އެގްރީމަންޓްތަކެއް ވީދާލި މައްސަލައެއް ފުލުހަށް ހުށަހަޅައިފި
ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ކަންކަން ޖަނަވަރީ 1އިން ފެށިގެން ތަންފީޒުކުރަނީ
ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސް އިޢުލާނުކުރައްވައިފި
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިސްޓުން އުނިވާ މީހުންނަށް އެކަން އަންގަން ފަށައިފި
’ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ‘ އަށް މެންބަރުން ޢައްޔަނުކުރައްވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?