The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހުޅުމީދޫ މިފްކޯ ބަނދަރުގެ އޭޕްރީލް މަހު ނިންމަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮންޕްލެކްސްގެ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިމި، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ބަނދަރުގެ ހާލަތު ހުރިގޮތުން މަސްކިރުވުމުގައާއި، ބޮޑެތި ބޯޓުފަހަރު ބަނދަރަށް ވަދެ ނިކުމެ އުޅުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި 2019 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މަސައްކަތެކެވެ.

މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ އައްޑޫ ސައިޓް މެނޭޖަރ ޖަވާދު އަލީ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ޕޭމަންޓް އެޅުމާއި ރޭމްޕް ހެދުމުގެ މަސައްކަތް ކަމަށެވެ. ”ޕޭމަންޓު އެޅުމުގެ މަސައްކަތާއި ރޭމްޕު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދިއޭ. މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައި. އުންމީދަކީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި، އެއީ އޭޕްރީލް މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލުން،“ ޖަވާދު ވިދާޅުވިއެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، މި ބަނދަރު ތަރައްޤީވެ ނިމުމުން މަސް އެކްސްޕޯޓް ކުރުމަށާއި ކުންފުނީގެ އޮޕަރޭޝަންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، ގަންނަ މަސް ބޭރުގެ މާކެޓްތަކަށް ފޮނުވުމަށާއި، އެއް ތަނުން އަނެއް ތަނަށް މަސް ބަދަލުކުރުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ނިމުމެއް އަންނާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ފެސިލިޓީއެއް ނަމަވެސް، ބަނދަރުގެ ދަތިކަމާ ހުރެ މަސް ބޭރުކުރުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ޖުމްލަ 68.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ އިތުރުން 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިމުމާއެކު އައްޑޫ ސިޓީގެ މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ސާފް ފުޓްސަލްގެ ރަންތަށި ހޯދި ގައުމީ ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔައިފި
ރާއްޖޭގެ އެލްއެފް އީ-ސްޕޯޓްސް އިން ދެކުނު އޭޝިއާގެ ގަދަބާރު ”އާރް3ޖިސައިޑް“ އާއެކު ތާރީޚީ އެއްބަސްވުމަކަށް
ގުޅީފަޅު ކައިރިން މަރުވެފައި އޮތްވާ ފެނުނީ ޗައިނާ ރައްޔިތެއް
ރޯދަ ހަދިޔާ ބަހަން ބޭނުންވާ މަސްދަޅު ކޭސްތަކުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ
ޕީއެންސީ ޕްރައިމަރީގައި ރެކޯޑް އަދަދެއްގެ ވޯޓު ލާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?