The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މަތިންދާ ބޯޓެއްގެ ފަހަތުގަ ޕެރަޝޫޓް ތާށީވި ސްކައި ޑައިވަރެއްގެ ވީޑިއޯ އާންމުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

އޮސްޓްރޭލިއާގެ ކެއަރންސްގެ ދެކުނުން ހިނގި ސްކައިޑައިވިންގ ހާދިސާއެއްގައި، މަތިންދާބޯޓެއްގެ ފަހަތުގައި ޕެރަޝޫޓެއް ތާށިވެ، އެތައް ހާސް މީޓަރު މަތީގައި ސްކައިޑައިވަރެއް ތާށިވެފައި ހުރި ހައިރާންކުރުވަނިވި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް، އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނަމަވެސް ވީޑިއޯ އާންމުކުރީ، އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން މި ހާދިސާ ތަހުގީގުކުރުމަށްފަހުގައެވެ.

މިއީ 16 މީހުންގެ ބައިވެރިވުމާއެކު 15,000 ފޫޓު (4,600 މީޓަރު) މަތިން ކުރި ފޯމޭޝަން ޖަމްޕެއްގެ ތެރޭގައި ހިނގާފައިވާ ކަމެކެވެ. ބޯޓުން ފުރަތަމަ ޖަމްޕަރު ނުކުތްތާ އިރުކޮޅެއްގެ ތެރޭގައި ހަމަނުޖެހުން އުފެދުނެވެ. އެ ބައިވެރިޔާގެ އިތުރު ޕެރަޝޫޓެއް އަވަހަށް ހުޅުވާ، ބޯޓުގެ ފިޔައިގައި ހިފާ، ޖަމްޕަރު ފަހަތަށް ފޮނުވާލިއެވެ. މިކަމުގެ ތެރޭގައި ޖަމްޕަރުގެ ފައި ބޯޓުގައި ޖެހި، އޮރެންޖު ކުލައިގެ އިތުރު ޕެރަޝޫޓެއް ބޯޓުގެ ފަހަތުގައި އޮޅުނެވެ.

މި ހާދިސާގައި، ޖަމްޕަރގެ ވީޑިއޯ ރިކޯޑް ކުރުމަށްޓަކައި ބޯޓުގެ އަރިމަތީގައި ހުރި ކެމެރާ އޮޕަރޭޓަރު ވެސް ވަނީ ފްރީފޯލްގައި ވެއްޓިފައެވެ. އާންމުކޮށްފައިވާ ވީޑިއޯއިން ދައްކާ ގޮތުގައި، އެ ޖަމްޕަރު ވަނީ ހައިރާންކަމާއެކު، އޭނާގެ ހެލްމެޓުގައި ހިފަހައްޓާލައިގެން ވައިގެ ތެރޭގައި ތާށިވެފައެވެ.

ހޫކް ވަޅިއެއް ބޭނުންކޮށްގެން، ސްކައިޑައިވަރަށް ވަނީ ޕެރަޝޫޓުގެ ވާގަނޑު ކަނޑާލައި، މި ހާލަތުން ސަލާމަތްވެވިފައެވެ. އޭގެ ފަހުން އޭނާގެ މައި ޕެރަޝޫޓް ހުޅުވާލައި، ރައްކާތެރިކަމާއެކު ބިމަށް ތިރިކުރިއެވެ. ކަމާބެހޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ހޫކް ވަޅިއެއް ގެންގުޅުން ގާނޫނީ ގޮތުން މަޖުބޫރު ނޫން ނަމަވެސް، މިފަދަ ކުއްލި ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިންމެވެ.

މި ހާދިސާގައި ބޯޓުގެ ފަހަތުބަޔަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބޯޓުގެ ކޮންޓްރޯލް ކުރަން ދަތިވުމުން، ޕައިލެޓް ވަނީ ”މޭޑޭ“ ޑިސްޓްރެސް ކޯލެއް ކޮށްފައެވެ. ލިބުނު ގެއްލުންތަކާއެކުވެސް، ޕައިލެޓް ވަނީ ބޯޓު ރައްކާތެރިކަމާއެކު ބިމަށް ޖައްސާ، އިތުރު ނުރައްކަލެއް ހިނގިޔަ ނުދީ ހުއްޓުވާފައެވެ.

ލީބިޔާގެ މި މީހާ ނުލައި ޙައްޖަށް ފުރަން އުޅުން ދެ ފަހަރުވެސްވީ ނާކާމިޔާބު
ޗާގޯސް ޖަޒީރާ އަނބުރާ މޮރިޝަސް އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި އިނގިރޭސިވިލާތުން ސޮއިކޮށްފި
ޤުދުސްގައި ހުންނަ އ.ދ ގެ މައި އޮފީހަށް އިސްރާއީލް ސިފައިން ވަދެގަނެ އެތާގައި ޔަހޫދީންގެ ދިދަ ނަގައިފި!
ހާވާޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން މަނާކޮށްފި
އަޮސްޓްރޭލިއާގައި ވިޓަމިން ބީ6 ގިނައިން ހިމެނޭ ސަޕްލިމެންޓް އާންމުކޮށް ވިއްކުން މަނާކޮށްފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?