The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މެކްރޮން އަވިއައިނު އަޅުއްވައިގެން ތަޤުރީރު ކުރެއްވީ ކީއްވެ؟

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 މަސް ago
SHARE

ސްވިޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ”އޭވިއޭޓަރ“ މޮޑެލްގެ އަވިއައިނެއް އަޅުއްވައިގެން ތަޤުރީރު ކުރެއްވުމުން، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓި ބަހުސަކަށް ވެއްޖެއެވެ.

މިކަމާ ގުޅިގެން ފަރަންސޭސި ރައީސްގެ ރަސްމީ އިދާރާ، އެލީޒޭ ޕެލަސްއިން ވަނީ އެއީ ކީއްވެގެން ކުރެއްވި ކަމެއްކަން ސާފުކޮށްދީފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، ރައީސް މެކްރޮން އަވިއައިނު އަޅުއްވައިގެން ހުންނެވީ ލޮލުގެ ނާރެއް ފަޅައިގެން ދިއުމުގެ ސަބަބުން ދިމާވި ކުޑަ މައްސަލައަކާ ގުޅިގެންނެވެ. މިއީ ސިއްޙީ ގޮތުން ނުރައްކާތެރި ކަމެއް ނޫން ކަމަށާއި، އަވިއައިނު ބޭނުންކުރެއްވީ އާންމު ތަންތަނަށް ނުކުމެވަޑައިގަންނަވާއިރު ލޯ ރައްކާތެރިކުރުމުގެ ގޮތުން ކަމަށް އެލީޒޭ ޕެލަސްއިން ބުނެފައިވެއެވެ.

ޑާވޯސްގެ ކުރިން، ފަރަންސޭސިވިލާތުގެ ދެކުނުގައި އޮންނަ އިސްޓްރޭސްގެ އަސްކަރީ މަރުކަޒަކަށް ކުރެއްވި ޒިޔާރަތުގައިވެސް މެކްރޮން ވަނީ މިކަމާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. ސިފައިންނާ މުޚާތަބު ކުރައްވައި ދެއްވި އައު އަހަރުގެ ތަޤުރީރުގައި، މަޖާޒީ ގޮތަކަށް އޭނާ ވަނީ މިއީ ”އައި އޮފް ދަ ޓައިގަރ“ ނުވަތަ ސާބިތުކަމުގެ ރަމްޒެއްގެ ގޮތުގައި ސިފަކުރައްވައި، ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަވިއައިނުގެ ބަހުސް މިހެން އޮތް ނަމަވެސް، ޑާވޯސްގައި މެކްރޮން ދެއްވި ތަޤުރީރުގައި ބައިނަލްއަޤުވާމީ ސިޔާސީ މަޝްރަހާއި ވިޔަފާރިއާ ގުޅޭ ހަރުދަނާ މެސެޖުތަކެއް ވަނީ ދެއްވާފައެވެ. ޚާއްޞަކޮށް، އެމެރިކާއިން އިމްޕޯޓް ޓެކްސް ނުވަތަ ޓެރިފްގެ ބޭނުންކޮށްގެން އެހެން ޤައުމުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ”ބާރުގަދަ މީހާގެ ޤާނޫނަށް“ ބޯނުލެނބުމަށް ގޮވާލައްވައި، ވޮޝިންގްޓަނާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިޝާރާތެއްވެސް ކުރެއްވިއެވެ.

މި ނުތަނަވަސްކަން އުފެދިފައިވަނީ، ފަރަންސޭސިވިލާތުން އުފައްދާ ވައިން އާއި ޝެމްޕޭން ފަދަ ތަކެތިން ބޮޑު ޓެކްސެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ޓްރަމްޕް ވަނީ މެކްރޮންއާ ދެމެދު ބަދަލުކުރެވުނު އަމިއްލަ މެސެޖުތަކެއްގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައެވެ.

ފަރަންސޭސި ރައީސްގެ އޮފީހާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި، އެ މެސެޖުތަކަކީ އަސްލު މެސެޖުތަކެކެވެ. އެ މެސެޖުތަކުގައި ގްރީންލޭންޑާ މެދު އެމެރިކާގެ ނިޔަތާ ބެހޭގޮތުން މެކްރޮން ސުވާލު އުފައްދަވާފައިވާ ކަމަށާއި، އަދި ޖީ7 ފަދަ ފުޅާ ދާއިރާއެއްގެ ބައްދަލުވުމެއް ބޭއްވުމުގެ ޚިޔާލު ހުށަހަޅުއްވާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ދުބާއީއަށް މޫސުންގޯސްވެ ބުރުޖް ޚަލީފާއަށް ހޮނުއަޅާ މަންޒަރުގެ ވީޑިއޯއެއް އާންމުކޮށްފި
މަތިންދާ ބޯޓެއްގެ ފަހަތުގަ ޕެރަޝޫޓް ތާށީވި ސްކައި ޑައިވަރެއްގެ ވީޑިއޯ އާންމުކޮށްފި
މަހުޖަނުންގެ މުއްސަނދިކަން 18.3 ޓްރިލިއަން ޑޮލަރަށްއަރައިފި
ޑެންމާކުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?