The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އެލޮން މަސްކް، ގްލޯބަލް މަހުޖަނުންގެ ރޭންކިންގްގެ އެންމެ ކުރިއަށް!

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
6 ދުވަސް ago
SHARE

ޓެސްލާގެ ސީއީއޯ އެލޮން މަސްކް، ގްލޯބަލް މުއްސަނދިކަމުގެ ރޭންކިންގްގެ އެންމެ ކުރިއަށް އަނެއްކާވެސް އަރައިފިއެވެ. އެއީ އޭނާގެ މުސާރައިގެ ޕެކޭޖާ ގުޅޭގޮތުން ދިގު މުއްދަތަކަށް ހިނގަމުންދިޔަ ގާނޫނީ މައްސަލައެއް ނިމުމަކަށް ގެނެސް، އޭނާގެ އަމިއްލަ މުއްސަނދިކަން ވަރަށް ބޮޑަށް އިތުރުކޮށްދިން މުހިންމު ކޯޓު ނިންމުމަކަށްފަހުގައެވެ.

ފޯބްސްގެ ބިލިއަނަރުންގެ އިންޑެކްސްއިން ދައްކާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު ޑެލަވެއާގެ ސުޕްރީމް ކޯޓުން 139 ބިލިއަން ޑޮލަރުގެ ޓެސްލާގެ ސްޓޮކް އޮޕްޝަންތައް އަލުން ބަދަލުކުރުމަށް ނިންމުމާއެކު، މަސްކްގެ މުއްސަނދިކަން 749 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މި ސްޓޮކް އެވޯޑްތައް މިދިޔަ އަހަރު ދަށު ކޯޓަކުން ވަނީ ބާތިލްކޮށްފައެވެ.

މި މުސާރައިގެ ޕެކޭޖަކީ، ފުރަތަމަ 2018 ވަނަ އަހަރު ފާސްކުރިއިރު 56 ބިލިއަން ޑޮލަރަށް އަގުކުރެވުނު ޕެކޭޖެކެވެ. ނަމަވެސް 2024 ވަނަ އަހަރު ޑެލަވެއާގެ ކޯޓަކުން މި ޕެކޭޖް ”ފާސްނުކުރެވޭނެ“ ކަމަށާއި،  ”އުނިކަންތައްތައް“ ހުރި ކަމަށް ބުނެ ބާތިލްކޮށްފައިވެއެވެ. ނަމަވެސް، އެ ސްޓޭޓްގެ އެންމެ މަތީ ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށް، މުސާރައިގެ ޕެކޭޖް ހުއްޓުވީ ރަނގަޅު ނޫން ކަމަށާއި މިއީ  މަސްކަށް އަނިޔާވެރިވި ކަމެއް ކަމަށް ބުނެފައެވެ.

މި ނިންމުމަކީ މަސްކްއާއި ޓެސްލާއަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ. އެއީ މަސްކްގެ މުއްސަނދިކަން ކުރިއަރަމުން ދިޔަ ދަނޑިވަޅަކަށްވުމެވެ. މި ހަފްތާގެ ކުރީކޮޅު، އޭނާގެ ޖައްވީ ދަތުރުފަތުރުގެ ކުންފުނި ސްޕޭސްއެކްސް އާންމުކޮށް ވިއްކާލުމަށް މަސައްކަތްކުރާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން، މަސްކް ވަނީ 600 ބިލިއަން ޑޮލަރުގެ މުއްސަނދިކަން ހުރަސްކުރި ތާރީޚްގެ ފުރަތަމަ މީހާގެ ގޮތުގައި ރެކޯޑު ހަދާފައެވެ.

މީގެ އިތުރުން، މިދިޔަ ނޮވެމްބަރު މަހު ޓެސްލާގެ ހިއްސާދާރުން 1 ޓްރިލިއަން ޑޮލަރުގެ އައު މުސާރައިގެ އޮނިގަނޑެއް ފާސްކޮށްފައިވެއެވެ. މިކަމަކީ އިންވެސްޓަރުން ފާސްކޮށްފައިވާ އެންމެ ބޮޑު ކޯޕަރޭޓް ޕޭ ޕެކޭޖެވެ. މިކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައި ވަނީ، މި ނިންމުމަކީ ޓެސްލާ، އިލެކްޓްރިކް އުޅަދެއް އުފައްދާ ކުންފުންޏަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި ރޮބޮޓިކްސްގެ އެންމެ ކުރިއަރާފައިވާ ކުންފުންޏަކަށް ބަދަލުކުރުމަށް މަސްކްގެ ދިގު މުއްދަތުގެ ސްޓްރެޓެޖީއަށް އޮތް އިތުބާރުގެ ރަމްޒެއް ކަމުގައެވެ.

އަލުން ބަދަލުކުރެވުނު ސްޓޮކް އޮޕްޝަންތަކާއެކު، މަސްކްގެ މުއްސަނދިކަން އެހެން ޓެކް ޓައިޓަންސްއާ ދެމެދުގައި އޮތް ފަރަގު ވަނީ ފުޅާވެފައެވެ. ފޯބްސްގެ އިން ދައްކާ ގޮތުގައި، މިހާރު އޭނާގެ މުއްސަނދިކަން، ގޫގުލްގެ ކޯ-ފައުންޑަރ ލެރީ ޕޭޖްގެ މުއްސަނދިކަމަށްވުރެ ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރު އިތުރެވެ. މިއާއެކު، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި މަސްކްގެ މަޤާމް ވަނީ ކަށަވަރުވެފައެވެ.

ސްޓެލްކޯ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައި: ހުޅުމާލެ ހޮސްޕިޓަލް
އީރާންގެ ނުރައްކާތެރި ޚައިބަރު މިސައިލުން އިޒްރޭލުގެ މައި ހަތިޔާރު އުފައްދާ ކާރުޚާނާ ފުނޑާލައިފި
ގެއްލުނު ނިއުކްލިއަރ ޖާސޫސީ ނިޒާމު: 60 އަހަރު ފަހުން ވެސް ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި
ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފަށައިފި
ބޮޑެތި ޑިސްކައުންޓްތަކާއި އެކު ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް ފަށައިފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?