The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހއ. ބާރަށާއި ށ. ފުނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް ބަޔަކު ހޯދަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 މަސް ago
SHARE

ތިލަދުންމަތީ އުތުރުބުރީ ބާރަށާއި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ދެ ރަށުގައިވެސް ހޮޓާ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ބިންތަކެއްގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ހއ. ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 71,832 އަކަމީޓަރުގެ ބިމެކެވެ. އަދި ށ. ފުނަދޫގެ 3 ހެކްޓަރުގެ ބިމެއްގައިވެސް ހޮޓަލެއް ތަރައްޤީކުރުމަށް ވަނީ ހުޅުވާލާފައެވެ. މި ދެ ރަށުގައިވެސް ތަރައްޤީކުރާ ހޮޓަލަކީ މަދުވެގެން 50 ކޮޓަރީގެ ހޮޓަލަކަށް ވާންޖެހޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ދެ ރަށުންވެސް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހޮޓާ އިމާރާތްކޮށް ނިންމުމަށް ގިނަވެގެން 24 މަސްދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މަޝްރޫޢުތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ވަނީ ހުޅުވާލާފައެވެ.

ބީލަމާ ގުޅޭ ލިޔެކިޔުންތައް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ވުޒާރާއިން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 31 ވާ އަންގާރަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ބާރަށަށް ވަޑައިގެން، އެ ރަށުގައި ތިމާވެއްޓާ ރައްޓެހި ނުވަތަ އީކޯ ޓޫރިޒަމްގެ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަން ވަނީ އިޢުލާނު ކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ ބިޑިންގއަކަށް މި މަޝްރޫޢު ހުޅުވާލުމުގެ ބޭނުމަކީ އަމިއްލަ ފަރާތްތަކަށް ފުރުޞަތު އިތުރުކޮށް، ރަށުގެ ރައްޔިތުންނަށް ވަޒީފާއާއި އާމްދަނީގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

ށ. ފުނަދޫގެ ދަށްފަޅަކީވެސް ތިމާވެށީގެ ގޮތުން ވަރަށް ޚާއްޞަ ސަރަޙައްދެކެވެ. ފްލެމިންގޯ ފަދަ މޫސުމީ ދޫނިތަކާއި މަޑް ކްރޭބް ފަދަ ދިރުންތަކުން މުއްސަނދިވެފައިވާ މި ސަރަޙައްދުގައި އީކޯ ޓޫރިޒަމް ތަރައްޤީކުރުމަކީ ރަށުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ރަށު ކައުންސިލުން ދެކެއެވެ.

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި
މިއީ ޓީމުގެ މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ : އެފްއޭއެމްގެ ރައީސް
ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ ތަމްރީންތައް 350 ޒުވާނުންނާއެކު މާފިލާފުށީގައި ފަށައިފި
ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއްކަމަށް: ރައީސް
ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?