The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އަޕް ސްކޮރޮލްޑް‘ އަށް ބޮޑު ތަރުހީބެއް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 މަސް ago
SHARE

އައު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ”އަޕް ސްކްރޮލްޑް“ އަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބެން ފަށައިފިއެވެ. ޓިކްޓޮކްގެ މިލްކުވެރިކަމަށް އަންނަ ބަދަލުތަކާއި، ކޮންޓެންޓް ސެންސަރު ކުރާ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ފާއިތުވި ހަތް ދުވަސް ތެރޭގައި އެކަނިވެސް މި އެޕްލިކޭޝަނާ މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގުޅިފައެވެ.

މި އެޕްލިކޭޝަން މިހާރު ވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގައި އެންމެ ގިނައިން ޑައުންލޯޑް ކުރާ ހިލޭ އެޕްތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައެވެ. މި ކުރިއެރުން އައިސްފައިވަނީ ޓިކްޓޮކްގެ ހިންގުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އުފެދި، ގިނަ ބަޔަކު އެހެން ގޮތްތައް ހޯދަން ފެށުމާ ގުޅިގެންނެވެ.

”އަޕް ސްކްރޮލްޑް“ އުފައްދާފައިވަނީ އޮސްޓްރޭލިއާގެ ފަލަސްތީނު ދަރިކޮޅުގެ ޑިވެލޮޕަރެއް ކަމަށްވާ އީސާމް ހިޖާޒީއެވެ. އޭނާ މި އެޕް އުފެއްދުމުގެ ޚިޔާލު އައީ 2023 ވަނަ އަހަރުގެ ފަހުކޮޅު، ގައްޒާއާ ގުޅުންހުރި ޕޯސްޓްތައް މައިގަނޑު ސޯޝަލް މީޑިއާތަކުން ފޮރުވާ (ޝެޑޯބޭން ކުރާ) ކަން ފާހަގަވުމާ ގުޅިގެންނެވެ. ”ޓެކް ފޯ ފަލަސްތީން“ އިންކިއުބޭޓަރގެ އެހީތެރިކަމާއެކު ޖޫން 2025 ގައި ރަސްމީކޮށް ލޯންޗުކުރި މި އެޕަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން ޕްލެޓްފޯމެއްގެ ގޮތުގައި ވަނީ ތައާރަފުކޮށްފައެވެ.

މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެހެން ޕްލެޓްފޯމްތަކާ އަޅާބަލާއިރު މި އެޕްގައި ޕޯސްޓްތަކަށް ލިބޭ ތަރުހީބު މާ ބޮޑެވެ. ކޮންޓެންޓް ކްރިއޭޓަރުން ފާހަގަކުރާ ގޮތުގައި ޓިކްޓޮކްގައި ގިނަ ވަގުތު ރިވިއުކުރަން ހުންނަ ވީޑިއޯތައް، މި އެޕްގައި އާންމުކުރުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ލައިކްސްއެއް ލިބެއެވެ. މީގެ ސަބަބަކީ މި އެޕްގެ ފީޑްގައި ޕޯސްޓްތައް ފެންނަން ހުންނަނީ ވަގުތުގެ ތަރުތީބުން ކަމަށްވާތީއެވެ.

ކުންފުނިން ހާމަކުރާ ގޮތުގައި، އެޕްލިކޭޝަންގެ އުސޫލުތަކާ ޚިލާފުވާ (ނަފުރަތު އުފެއްދުން، ފުރައްސާރަކުރުން ފަދަ) ކަންކަން ފިޔަވައި އެއްވެސް ކޮންޓެންޓެއް ސެންސަރެއް ނުކުރާނެއެވެ. އަދި ޔޫޒަރުންގެ އަމިއްލަ މައުލޫމާތު އެހެން ފަރާތްތަކަށް ނުވިއްކާނެ ކަމުގެ ޔަގީންކަންވެސް އެ ފަރާތުން ދެއެވެ. މިހާރު މި ޕްލެޓްފޯމަކީ އެއްވެސް ސަރުކާރެއްގެ ނުވަތަ ބޮޑު ކުންފުންޏެއްގެ ބާރުގެ ދަށުގައި އޮތް ތަނެއް ނޫން ކަމަށާއި، މިއީ އަމިއްލަ ފަރާތްތަކުގެ އެހީގައި ހިންގާ މަޝްރޫއެއް ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

މިހާރު މި އެޕް ހިލޭ ބޭނުންކުރެވުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ޕާސަނަލް ޑޭޓާ ބޭނުން ނުކުރާ އިޝްތިހާރުތަކާއި، ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތްތައް ތައާރަފުކުރުމަށް ވަނީ ރޭވިފައެވެ.

އަޮސްޓްރޭލިއާގައި ވިޓަމިން ބީ6 ގިނައިން ހިމެނޭ ސަޕްލިމެންޓް އާންމުކޮށް ވިއްކުން މަނާކޮށްފި!
’ސްޓްރޭންޖަރ ތިންގްސް‘ ނިމުނު ނަމަވެސް، ސިއްރު އެޕިސޯޑެއްގެ އަޑުތަކާއެކު ފޭނުންގެ ފޯރި ގަދަވެއްޖެ
ކީރިތި ޤުރުއާންގައި އަތްލާ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރުގެ ގޮތުގައި ޒޯހްރާން މަމްދާނީ ހުވާކުރައްވައިފި
މާމަ އާއި ކާފަ ދަރިން ބެލުމަކީ ނަފްސާނީ ބަލީގެ ނުރައްކާ އޮތް ކަމެއް: ދިރާސާ
ސްމާޓްފޯނުގެ ޒަމާން ނިމި އޭއައި އައިނަކީ މުސްތަޤްބަލް ކަމަށް މާކް ޒަކަރބާގް ބުނެފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?