The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އަޮސްޓްރޭލިއާގައި ވިޓަމިން ބީ6 ގިނައިން ހިމެނޭ ސަޕްލިމެންޓް އާންމުކޮށް ވިއްކުން މަނާކޮށްފި!

ހައްވާ
ހައްވާ
5 ދުވަސް ago
SHARE

އޮސްޓްރޭލިއާގެ ބޭސްފަރުވާއާ ގުޅުންހުރި ކަންކަން ރެގިއުލޭޓް ކުރާ އިދާރާއިން ، ވިޓަމިން ބީ6 ގިނައިން ހިމެނޭ ސަޕްލިމެންޓްސް އާންމުކޮށް ވިއްކުން ހުއްޓުވުމަށް އަމުރުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ، ދިގު މުއްދަތަށް މިފަދަ ސަޕްލިމެންޓްސް ބޭނުންކުރުމުގެ ސަބަބުން ނާރުތަކަށް ގެއްލުންވުމާއި އެހެނިހެން ނުރައްކާތަކާ ގުޅޭ ރިޕޯޓު ލިބިފައިވާތީއެވެ.

މި އަމުރުގެ ދަށުން، 2027 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން، ކޮންމެ ދުވަހެއްގެ ރެކޮމެންޑް ކުރާ މިންވަރަށް 50 މިލިގްރާމަށްވުރެ ގިނައިން ވިޓަމިން ބީ6 ހިމެނޭ އުފެއްދުންތައް ފާމަސީ ކައުންޓަރުން ނަގަންޖެހެއެވެ. ސިއްހަތު ރަނގަޅު ބޮޑު މީހަކަށް ކޮންމެ ދުވަހަކު ބޭނުންވާ ވިޓަމިން ބީ6 ގެ މިންވަރަކީ އެންމެ 1.3 މިލިގްރާމާއި 1.7 މިލިގްރާމާ ދެމެދުގެ އަދަދެކެވެ.

މި ނިންމުން ނިންމާފައިވަނީ، އޮސްޓްރޭލިއާގެ ”ތެރަޕިއުޓިކް ގުޑްސް އެޑްމިނިސްޓްރޭޝަން“  އިން ހެދި ދިރާސާއަކަށް ފަހުގައެވެ. މި ދިރާސާގައި، ”ޕެރިފެރަލް ނިއުރޯޕަތީ“  ނުވަތަ ސިކުނޑިއާއި ސްޕައިނަލް ކޯޑުން ބޭރުގައިވާ ނާރުތަކަށް ގެއްލުންވުން  އަދި އެއާ ގުޅުންހުރި ބަލިތަކުގެ 250 ރިޕޯޓު ދެނެގަނެވިފައިވެއެވެ. މި ރިޕޯޓުތަކުގެ ގިނަ އަދަދެއް ލިބިފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ.

ވިޓަމިން ބީ6 ގިނަވުމުގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ހަށިގަނޑުން ބައެއް އިތުރު ވިޓަމިން ބީ6 ބޭރުކޮށްލެވޭނަމަވެސް، އިތުރުވާ ހުރިހާ މިންވަރެއް އެކަށީގެންވާ ގޮތެއްގައި ބޭރުކޮށްލުމުގެ ކުޅަދާނަކަން ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން، ވަގުތު ފާއިތުވަމުންދާ ވަރަކަށް ލޭގައި ވިޓަމިން ބީ6 ޖަމާވެ، ނުރައްކާތެރި މިންވަރަކަށް ގިނަވެއެވެ. ”ޕެރިފެރަލް ނިއުރޯޕަތީ“ އަކީ ވިޓަމިން ބީ6 ގިނަވުމުން ދިމާވާ ކަމެއްކަން އެނގިފައިވާ ހާލަތެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އާންމުކޮށް އަތާއި ފައި ހިރުވައި، ދިލަނަގާ، އައްސިވުން ހިމެނެއެވެ. ބަލި ދެނެގަތުން ލަސްވުމާއި އަދި ވިޓަމިން ބީ6 ހަށިގަނޑަށް ދިގުމުއްދަތަކަށް ލިބެމުން ދިއުމަކީ ނާރުތަކަށް ދާއިމީ ގެއްލުން ލިބޭނެ ކަމެކެވެ.

މެންޓްޒިއޯރިސްގެ ބަސްތަކަށް ބަލާއިރު، ވިޓަމިން ބީ6 އަކީ އެނާޖީ ޑްރިންކްސް އަދި ޕްރޮޓީން ޕައުޑަރު ފަދަ އުފެއްދުންތަކުގައި އާންމުކޮށް ހިމެނޭ އެއްޗެކެވެ. މާނައަކީ، މީހުންނަށް ނޭނގިވެސް އެތައް މަސްދަރަކުން ވިޓަމިން ބީ6 ހަށިގަނޑަށް އެތެރެވަމުންދާކަމެވެ. މިގޮތަށް އެއްވާ އެއްވުމަކީ، 50 މިލިގްރާމަށްވުރެ ކުޑަ މިންވަރުގައިވެސް ”ޕެރިފެރަލް ނިއުރޯޕަތީ“ ދިމާވުމުގެ ސަބަބަކަށް ވެއެވެ. އެއީ، މީހަކު ވިޓަމިން ބީ6 ހިމެނޭ އެތައް އުފެއްދުމެއް އެއްފަހަރާ ބޭނުންކުރާނަމައެވެ.

މެންޓްޒިއޯރިސް އިތުރަށް ވިދާޅުވީ، މޭވާ، ތަރުކާރީ، މަހުގެ ބާވަތް ފަދަ ކާނާ އަދި ކިރާ ގުޅުންހުރި ބާވަތްތައް ގިނައިން ހިމެނޭ ތަފާތު ކާނާގައި ދުވާލު ބޭނުންވާ މިންވަރަށް ވިޓަމިން ބީ6 ހިމެނެއެވެ. އެހެންކަމުން، އޮސްޓްރޭލިއާގައި މި ވިޓަމިން ހަށިގަނޑަށް ނުލިބުމަކީ (ޑެފިޝެންސީ) ވަރަށް މަދުން ނޫނީ ދިމާނުވާކަމެކެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ފަލަސްތީނުގެ 81 މީހަކު ވަނީ ޝަހީދުކޮށްލާފައި
ހާވާޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން މަނާކޮށްފި
40 ކުދިންނާއެކު ދަތުރުކުރި ޕާކިސްތާނުގެ ސްކޫލު ބަހަކަށް ބޮމުގެ ހަމަލާއެއްދީފި
އީރާންގެ ނުރައްކާތެރި ޚައިބަރު މިސައިލުން އިޒްރޭލުގެ މައި ހަތިޔާރު އުފައްދާ ކާރުޚާނާ ފުނޑާލައިފި
ލީބިޔާގެ މި މީހާ ނުލައި ޙައްޖަށް ފުރަން އުޅުން ދެ ފަހަރުވެސްވީ ނާކާމިޔާބު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?