The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

2026ގައި ޞިއްޙީ ޚިދުމަތްތަކުން ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ : ވަޒީރު

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށް އަންނަ އަހަރުތެރޭ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.ވަޒީރު ނާޘިމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޞިއްޙީ ދައިރާއަށް، ބޮޑު އިންސައްތައެއް ކަނޑައަޅާފައިއިރު އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. މިކަމާގޮތުން ވާހަކަދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް ވިދާޅުވީ 2026ވަނަ އަހަރުވެގެންދާނީ ޞިއްޙީގޮތުން ހެޔޮ ބަދަލުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިނގާނެ އަހަރަކަށް ކަމަށެވެ.

ވަރަށް މުހިއްމު ޕްރޮޖެކްޓެއްގެގޮތުގައި 2026ވަނަ އަހަރު ކުރިއަށްދާނެ ކަމަކީ މިހާރު އަޅުގަނޑުމެން ފަށާފައިއޮތް ރީޖަނަލް ހޮސްޕިޓަލްތައް މިހާރު ހުރި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިޔުން، އިތުރު ޑޮކްޓަރުންނާއި، އިތުރު ބަލިތަކަށް ފަރުވާދެވޭނެ ސްޕެޝަލިސްޓުން ގެނައުން، މިއާ ގުޅިފައިހުރި އިންފްރާސްޓްރަކްޗަރ، އިމާރާތަށް އެޅުމުގެ މަސައްކަތް

ވަޒީރު

ވަޒީރު ނާޘިމް ވިދާޅުވީ މި މަސައްކަތްތަކާއެކު އަތޮޅު ހޮސްޕިޓަލްތަކާއި އަބާދީ ކުދި ރަށްރަށުގެ ހެލްތު ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

ބޭނުންވާ ޑޮކްޓަރުން ހޯދުމާއި، އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، އިތުރު އައު ޚިދުމަތްތައް ގާއިމުކުރުމާއި، މިމަގުން އިތުރު ވަރަށް ގިނަ މަސައްކަތްތައް އަޅުގަނޑުމެންގެ ޝިޑިއުލްގައި އެބަހުރި، މެނިފެސްޓޯގައި އެބަހުރި، ބަޖެޓުގައި ހިމެނިފައި އެބަހުރި، 2026ވަނަ އަހަރު ވެގެންދާނީ ޞިއްޙީގޮތުން ހެޔޮ ބަދަލުތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ޕްރޮޖެކްޓުތައް ހިނގާނެ އަހަރަކަށް.

ވަޒީރު

ވަޒީރު ނާޘިމް ވިދާޅުވީ ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ރައްޔިތުންގެ ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކަށް މަގުފަހިކުރުން ކަމަށެވެ. އަދި މަސައްކަތްތައް ރޭވިފައިވަނީ ޞިއްޙީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އުޅަނދު ރަޖިސްޓްރީ ބާތިލް ކުރުމާއި ގަރާޖު ހުއްދައަށް އަންނަ އަހަރުން ފެށިގެން ބޮޑެތި ލުއިތަކެއް!
ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް އަންނަ މަހު ފަށަނީ
މަގްބޫލު އީޒްއެޕް ޑައުން ވެއްޖެ!
ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އެޅުން ހުއްޓުވުމަށް ފުލުހުންގެ ޚާއްސަ ޕްރޮގްރާމެއް
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ބަޔަކު ގެއްލިއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?