The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ރޯދައަށް ޚާއްޞަ ވަގުތީ މާރުކޭޓެއް ގާއިމުކުރަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، އަތޮޅުތަކުގެ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ސަރަހައްދުގައި ފަސޭހަކަމާއެކު ހަމަ އަގުގައި ވިއްކޭނެ މަގުފަހިކޮށްދިނުމަށްޓަކައި މާލޭގައި ވަގުތީ މާރުކޭޓެއް ތަރައްޤީކުރަން ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ވިދާޅުވީ، މި މާރުކޭޓު ތަރައްޤީކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެހީތެރިކަމާއެކު މާލެ ނޯތު ހާބަރ ސަރަހައްދުގައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރޯދަމަހު ރަށްރަށުން މާލެއަށް ގެންނަ ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުވާތީ، އެ ތަކެތި ވިއްކުމަށް އެކަށީގެންވާ ޖާގައެއް ދަނޑުވެރިންނަށް ހޯދައިދިނުމެވެ.

މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން މިހާރު ވަނީ ރަށު ކައުންސިލްތަކަށް ސާކިއުލާއެއް ފޮނުވާފައެވެ. އެ ސާކިއުލާގައިވާ ގޮތުން، މި މާރުކޭޓުގައި ތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން ރަށު ކައުންސިލްތައް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހުށަހަޅަންޖެހެއެވެ. މިގޮތަށް ހުށަހަޅާއިރު، މިދިޔަ އަހަރުގެ ރޯދަމަހު އެ ރަށަކުން ބޭރުކުރި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި، މާރުކޭޓުގައި ތަކެތި ވިއްކަން ބޭނުންވާ މީހުންގެ އަދަދު ހިމަނަންޖެހެއެވެ.

މާރުކޭޓު ހިންގުމުގެ އުސޫލު:

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން:

  • މާރުކޭޓަށް މުދާ ވައްދަން ފެށޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
  • މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގައި އުފައްދާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ.
  • މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.
  • ވިޔަފާރިކުރާ ގަޑިއަކީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ.
  • ރޯދަމަސް ނިމުމާއެކު، މާރިޗު 26 ވަނަ ދުވަހަށް މާރުކޭޓު ހުސްކުރަންޖެހޭނެއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މިފަދަ ވަގުތީ މާރުކޭޓެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ، ރޯދަމަހު ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ދަތިކަމެއް ނެތި، ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމުތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި، އިތުރު މައުލޫމާތު ވުޒާރާގެ ރަސްމީ ނަންބަރުތަކުން ލިބޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޓިކްޓޮކުން އާމްދަނީ ހޯދޭނެ މަގު ފަހިކުރުމަށް މަޝްވަރާކޮށްފި
އެމްޕީއެލްގެ އޯޕަން ސްޓޯރޭޖްގައި މުދާ ބެހެއްޓޭ މުއްދަތު އިތުރުކޮށްފި
ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް އަންނަ މަހު ފަށަނީ
މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ދުވާފަރުގެ ފުރަތަމަ ޝެޑް ހުޅުވައިފި
އައްޑޫ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?